Last Updated: September 8, 09:44
Sunday, September 8, 2024
ޚަބަރު

"މޯލްޑިވްސް ޕްރޯ 2024" އަންނަ މަހު

"މޯލްޑިވްސް ޕްރޯ 2024" ގެ ނަމުގައި ބާއްވާ ބޮޑީބޯޑިން ވޯލްޑް ޓުއާ އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

މޯލްޑިވްސް ބޮޑީބޯޑުން އެސޯސިއޭޝަނާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން ބާއްވާ މި އިވެންޓް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1-9 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގަ އެވެ. އެގޮތުން "މޯލްޑިވްސް ޕްރޯ 2024" ގައި ތިން ޑިވިޝަނަކުން ރާޅާއެޅުތެރިން ވާދަކޮށް އެ މީހުންގެ ހުނަރު ދައްކައިލާނެ އެވެ.

އެގޮތުން މުބާރާތް ހުޅުވާލާފައި ވަނީ މެންސް އޯޕަން، ވިމެންސް އޯޕަން އަދި ޕްރޯ ޖޫނިއާ މެންސްއަށެވެ. "މޯލްޑިވްސް ޕްރޯ 2024" އަށް އިނާމުގެ ގޮތުގައި ޖުމްލަ 60،000 ޑޮލަރު ހުށަހަޅާފައިވެ އެވެ.

މިއީ ރާއްޖޭގައި ބާއްވާ މި އިވެންޓްގެ ތިން ވަނަ އެޑިޝަނެވެ.