Last Updated: September 8, 06:17
Sunday, September 8, 2024
ދުނިޔެ

ޖަޕާނަށް ފްލޮޕީ ޑިސްކް ދޫކޮށްލެވުނީ އަދި ކިރިޔާ

ޖަޕާންގައި ފްލޮފީ ޑިސްކް ބޭނުން ކުރަން ހުއްޓައިލަން ފެށި "ހަނގުރާމަ" އެންމެ ފަހުން ކާމިޔާބުކޮށްފި އެވެ.

އެގޮތުން ސަރުކާރުން އިއްޔެ ވަނީ "ފްލޮޕީ ޑިސްކާ ދެކޮޅަށް ފެށި ހަނގުރާމަ" ކާމިޔާބުވެއްޖެކަން އިއުލާންކޮށްފަ އެވެ. ފްލޮޕީ ޑިސްކް ބޭނުން ކުރުން ހުއްޓައިލަން ނިންމައި 2021 ގައި އިއުލާންކުރީ އެ ގައުމުގެ ޑިޖިޓަލް މިނިސްޓަރު ޓާރޯ ކޯނޯ އެވެ.

"މިހާރު އޮތް އުފާވެރި ޚަބަރަކީ މި ހަނގުރާމަ އަހަރެމެންނަށް ކާމިޔާބުވެއްޖެކަން." މިނިސްޓަރު އިއްޔެ ވިދާޅުވި އެވެ.

މި ޒަމާނަށް މިހާރު ނުފެތޭ، ފްލޮޕީ ޑިސްކް މެދުވެރިކޮށް ކުރެވޭ މުއާމަލާތްތައް ޖަޕާނުން ރަސްމީކޮށް އިއްޔެ ނިމުމަކަށް ގެނައި އިރު، މިދިޔަ މަހާ ހަމައަށް ވެސް ސަރުކާރުގެ އެކި އިދާރާތަކަށް ހުށަހަޅާ ޑޮކިއުންޓްތައް ފޮލޮޮޕޫ ޑިސްކްގައި ހުުށަހެޅުމަށް އަންގަމުން ގޮސްފައިވެ އެވެ.

ފްލޮޕީ ޑިސްކަކީ ޑެސްކްޓޮޕް ކޮމްޕިއުޓަރު އެންމެ ބޮޑަށް އާންމުވެގެން އައި ޒަމާނުގައި އެކިއެކި ޑޮކިއުމަންޓްތައް ރައްކާކުރަން ބޭނުންކުރި އެއްޗެކެވެ. ނަމަވެސް ދެހާހުގެ އަހަރުތަކަށް އެޅި އިރު، ގިނަ ގައުމުތަކަށް ފްލޮޕީ ޑިސްކަކީ ބޭކާރުއެއްޗެކެވެ.

ނަމަވެސް ޓެކްނޮލޮޖީގެ ދާއިރާ އިން ވަރަށް ބޮޑަށް ކުރިއަރާފައިވާ ޖަޕާންގައި މިހާތަނަށް ވެސް ފްލޮޕީ ޑިސްކް ބޭނުން ކުރަމުން އައސްފައިވާތީ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.