އައްޑޫ ހުޅުމީދޫގައި ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމެއް ފުލުހުން ހިންގައިފި އެވެ.
މިދިޔަ މަހުގެ 12 އިން މި މަހުހެ 2 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހުޅުމީދޫގެ 9-40 އަހަރާ ދެމެދުގެ 56 މީހުން ބައިވެރިވެ 37 ބައިވެރިއަކު ވަނީ ޕްރޮގްރާމުގެ ސްޓޭންޑަޑް ލެވެލް އިން ފާސްވެފަ އެވެ.
ޕްރޮގްރާމުގައި ލީޑް އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ ސްވިމިން އިންސްޓްރަކްޓަރ ސީނިއަރ ސާޖަންޓް މުހައްމަދު އަލިދީދީއެވެ. ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ހުޅުމީދޫ ޕޮލިސްގެ ސަޕޯޓް ސާވިސް މުވައްޒަފުންނާއި ގަން ޕޮލިހާއި ހިތަދޫ ޕޮޮލިހުންގެ އިތުރުން ފުވައްމުލައް ސިޓީ ޕޮލިސް އަދި އެސްއޯ އައްޑޫ ޑިޕްލޮއިމަންޓުގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވެ އެވެ.
ޕްރޮގްރާމްގެ ބައިވެރިންނަށް އިއްޔެ ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ އެވެ.