Last Updated: September 8, 06:17
Sunday, September 8, 2024
ދުނިޔެ

އިންޑިއާގެ "ކޫ" ހުއްޓާލަން ނިންމައިފި

ކުރީގެ ޓްވިޓާ އަދި މިހާރުގެ އެކްސްގެ ބަދަލުގައި ބޭނުން ކުރަން އިންޑިއާ އިން މީގެ ހަތަރު އަހަރު ކުރިން ލޯންޗްކުރި ސޯޝަލް މީޑިއާ އެޕް، "ކޫ" ހުއްޓާލަން ނިންމައިފި އެވެ.

އެކަން އިއުލާންކޮށް، އެ އެޕް އުފެއްދި ބެންގަލޯރްގެ ބޮމްބިނޭޓް ޓެކްނޮލޮޖީން ބުނީ ބުނީ އެޕް ހުއްޓުމަކަށް ގެންނަން ނިންމީ ދެމަހެއްޓެނިވި ގޮތަކަށް އެ ކުރިއަށް ގެންދަން ހުރި ދަތިތަކާ ހެދި ކަމަށެވެ. އެގޮތުން "ކޫ" އިތުރަން ޑިވޮލޮޕްކުރާނެ ފަންޑް ނުލިބުމާއި އެއަށް ބޭނުންވާ އިތުރު ޓެކްނޮޖީ އަށް ކުރަން ޖެހޭ ހަރަދު ވެސް ބޮޑުވަމުންދާތީ ހުއްޓައިލަން ނިންމީ ކަމަށް ބުންޏެވެ.

އިންޑިއާގައި ބޭނުންކުރާ 10 އަށް ވުރެ ގިނަ ބަސްތަކުން ޓެކްސްޓް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "ކޫ" ލޯންޗްކުރީ 2020 ގެ ކުރީކޮޅު އެވެ. އަދި އޮޕަރޭޓްކުރާ ކުންފުނި އުފެއްދީ ނޮވެމްބަރު 14، 2019 ގަ އެވެ. އޭގެ ބާނީންނަކީ އަޕްރަމޭޔާ ރާދަކްރިޝްނާ އާއި މަޔަންކް ބިދާވަތުކާ އެވެ.

އާންމުންގެ ތެރޭގައި މި އެޕް އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ޓްވިޓާއާ ގުޅޢ ގތުން އިންޑިއާގެ ސަރުކާރާ ދެމެދު އުފެދުނު ކޯޅުންތަކާ ގުޅިގެންނެވެ. އެގޮތުން 2021 ގައި އިންޑިއާ މީހުން ޓްވިޓާ އަށް އަލްވަދާއު ކިޔައި "ކޫ" އަށް ހިޖުރަ ކުރަން ގޮވާލައި، ސަރުކާރުގެ ވަރަށް އިސް ބޭފުޅުން އެ އެޕް އެންޑޯޒްކޮށްފައިވެ އެވެ. ޓްވިޓާ އާއި އިންޑިއާއާ ދެމެދު ކޯޅުންތަކެއް އުފެދުނީ ސަރުކާރާ ގުޅޭ ގޮތުން އޭގައި ފޭކް ޚަބަރުތައް ފަތުރާ ކަމަށް ބުނެ، އެފަދަ އެކައުންޓްތައް ބްލޮޖްކުރަން ޓްވިޓާގައި އެދުމުން، އެގޮތަށް އަމަލުކޮށްފައި ނުވާތީ އެވެ.

އެކަމާ ހެދި ޓްވިޓާ އިންޑިއާގައި މަނާކުރަން ވެސް ވެރިކަން ބީޖޭޕީގެ އިސްވެރިންތަކެއް ގޮވާލި އެވެ.

ޓްވިޓާ ނުވަތަ އެކްސްއާ ވާދައަށް އިންޑިއާ އިން އުފެއްދި "ކޫ" ފަންޑްގެ ދަތިކަމާ ހުރެ ހުއްޓައިލަން ނިންމި އިރު، އެ ބޭނުންކުރާ މީހުންގެ އަދަދު 60 މިލިއަނަށް އަރަ އެވެ.