Last Updated: October 18, 09:44
Friday, October 18, 2024
ޚަބަރު

ޓޫރިޒަމް ދާއިރާގެ އަންހެނުންނަށް ހާއްސަ ކޮންފަރެންސެއް

ފުރަތަމަ ފަހަރަށް "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް" ވިމެންސް އެޑިޝަން ބާއްވަން ނިންމިކަން އިއުލާންކޮށްފި އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަށް ހާއްސަކޮށްފައިވާ މި ކޮންފަރެންސް އިންތިޒާމު ކުރަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިންނެވެ.

ކޮންފަރެންސް އޮންނާނީ އަންނަ މަހުގެ 19 ގައި ހޮޓެލް ޖެންގަ އެވެ.

މަޓާޓޯއިން ބުނީ ކޮންފަރެންސްގެ އެންމެ ބޮޑު މަގުސަދަކީ ޓޫރިޒަމް ދާއިރާ އިން އަންހެނުންނަށް ހުރި ގޮންޖެހުންތަކާއި މައްސަލަތަކަށް އަލިއަޅުވައިލުން ކަމަށެވެ.

މުޅިން އަންހެން ބައިވެރިން ހިމެނޭ ކޮމްފަރެންސްގައި ދެ ޕެނަލެއް ކުރިއަށް ގެންދާނެ އެވެ. ހަމަޖެހިފައިވާ ކަމަށް ވެސް
އެއީ ވިމެންސްއިން މެނޭޖްމަންޓުން އެޑްރެސިން ދަ ޑިސްޕެރިޓީ އާއި ވިމެން އިން ޓުއަރިޒަމްއިން ކޮމްބެޓިން ސޮސައިޓަލް ސްޓިގްމާ އަށް ބިނާކޮށެވެ.

މަޓާޓޯ އިން ބުނީ މި ކޮންފަރެންސްގެ ސަބަބުން ޓޫރިޒަމް ދާއިރާގައި އަންހެނުންނަށް ދިމާވާ ހުރަސްތަކާ މެދު ހޭލުންތެރިކަން އިތުރު ކުރުމާއި، އެހީތެރިކަމާއި ހަމަހަމަ މާހައުލެއް ގާއިމު ކުރުމަށް ސްޓްރެޓެޖީތައް ހޯދުމަށް މަގުފަހިވާނެ ކަމަށެވެ.