މަސްވެރިންގެ ގައުމީ ދަފުތަރު އެކުލަވައިލުމުގެ މަސައްކަތަށް ފިޝަރީޒް މިނިސްޓްރީން އަތޮޅުތަކަށް ދަތުރުތަކެއް ފަށައިފި އެވެ.
މިނިސްޓްރީން ބުނީ ދަފުތަރު އެކުލަވައިލުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން ވުޒާރާގެ މި ހަފުތާ ބަންދުގައި އެކި އަތޮޅުތަކުގައި މިިނިސްޓްރީގެ ޓީމުތަކެއް ހަރަކާތްތެރިވާނެ ކަމަށެވެ.
މަސްވެރިންގެ ދަފުތަރެއް އެކުލަވައިލުމުގެ ބޭނުމަކީ މަސްވެރިން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދަޢުލަތުން ފޯރުކޮށް ދިނުމަށް ބޭނުންވާ އިޖުތިމާޢީ ރައްކާތެރިކަމާއި ސަބްސިޑީ ފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަގުފަހި ކުރުމެވެ.
މަސްވެރިންގެ ދަފުތަރު އިފުތިތާހުކުރީ މި އަހަރުގެ ފެބްރުއަރީ މަހު ށ. ކޮމަންޑޫގައި ބޭއްވި ހަފްލާއެއްގަ އެވެ.
މި ސަރުކާރުން ބުނެފައިވާ ގޮތުގައި މަސްވެރިންގެ ދަފުތަރެއް އެކުލަވައިލުމުގެ ބޭނުމަކީ މަސްވެރިން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދަޢުލަތުން ފޯރުކޮށް ދިނުމަށް ބޭނުންވާ އިޖުތިމާޢީ ރައްކާތެރިކަމާއި ސަބްސިޑީ ފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަގުފަހި ކުރުމެވެ.