އިމާރާތްތައް ފޮޅައޮ ސާފު ކުރުމުގެ ޚިދުމަތަށް ނިކުންނަން ތައްޔާރުވެފައިވާ ކަމަށް ވެމްކޯ އިން ބުނެފި އެވެ.
އެ ކުންފުނީގެ ޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލްކަރީމް ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ އެ ހިދުމަތަށް ވެމްކޯ އިން ނުކުންނަން ނިންމީ ވަރަށް ގިނަ ބަޔަކު އެކަނަށް އެދެމުން އަންނާތީ ކަމަށެވެ.
އަބްދުލްކަރީމް ވިދާޅުވީއިމާރާތްތައް ފޮޅައި ސާފުކުރުމުގެ ޚިދުމަތް މިހާރުޔ ދޭ ތަންތަނުން އެ ޚިދުމަތުގެ އަގު ވަރަށް ބޮޑުކަމުގެ ޝަކުވާތައް ކުރާ ކަމަށެވެ.
"އެހެންވެ ކުނި އުކުމާއި އިމާރާތްތައް ފޮޅައި ސާކުރުމުގެ ޚިދުމަތް އެއްކޮށްފައި ސަރުކާރު އޮފީސްތަކަށް ޚާއްސަކޮށްގެން ފަށާ ޕްރޮގްރާމުގައި ބައެއް ބޭފުޅުންނާއި މަޝްވަރާ ކުރަމުން މިހާރު މި އަންނަނީ،" އޭނަ ވިދާޅުވި އެވ. "އަދި އެ ޚިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުން. އަޅުގަނޑުމެންނަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވުމުން ބިޑިންއެއް ނޯންނާނެ" މުހައްމަދު އަބްދުލްކަރީމް ވިދާޅުވިއެވެ.
ވެމްކޯ އިން އެ ހިދުމަތަށް ނުކުންނަން ތައްޔާރުވާ އިރު، ދާއިރާގެ ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާ ވެސް ކޮށްފައިވާ ކަމަށެވެ.
"މި ޚިދުމަތް ރަސްމީކޮށް ލޯންޗުކުރުން ވަރަށް އަވަހަށް އަޅުގަނޑުމެން އިއުލާން ކުރާނަން.،" އަބްދުލްކަރީމް ވިދާޅުވި އެވެ. "ފޮޅައި ސާފުކުރުމުގެ ޚިދުމަތްދޭ މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމުތައް ވެސް އަޅުގަނޑުމެން މިހާރު ވާނީ ފަށާފައި."