Last Updated: October 5, 06:03
Saturday, October 5, 2024
ޚަބަރު

އެންޑީއޭގެ ސީއީއޯގެ މަގާމުން އިމާދު ވަކިކޮށްފި

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމުން އިމާދު ސޯލިހް ވަކި ކޮށްފި އެވެ.

އެންޑީއޭގެ ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އިމާދު މަގާމުން ވަކިކުރީ ބޯޑު މެންބަރުންގެ އިއްތިފާގުންނެވެ.

އެންޑީއޭ ހިންގުން މިހާރު ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ހޯމް މިނިސްޓްރީގެ ޑެޕިިޔުޓީ މިނިސްޓަރ ރާޝީދުއާ އެވެ.

އިމާދު އެ މަގާމަށް އައްޔަންކުރީ މިދިޔަ ސަރުކާރުގައި، އެ މަގާމު ހުސްކޮށް އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން 1 ނޮވެމްބަރު 2022 ގަ އެވެ.

ނޭޝަނަލް ޑްރަގް އެޖެންސީއަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނާއި އެ ޤާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާއާއި މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން، އެސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާ އެވެ.