މާލޭގެ ސްޕާއެއްގައިި ހަށިވިއްކަނިކޮށް ބިދޭސީ ތިން އަންހެނަކާ އެކީ ހައްޔަރުކުރި ދިވެހި ފިރިހެން މީހާ ދޫކޮށްލައިފި އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 55 އަހަރުގެ މީހާ ދޫކޮށްލީ ޝަރުތުތަކަކީ އެކީގަ އެވެ. ނަމަވެސް އޭނައާ އެކީ ހައްޔަރުކުރި ތިން އަންހެނުންގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
ހަށިވިއްކަމުން ދިޔަ މުގެ ރިޕޯޓެއް ލިބުމާ ގުޅިގެން ފުލުހުން ސްޕާއެއް ރެއިޑްކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި ތިން އަންހެނުންނަކީ ތައިލޭންޑްގެ މީހުންނެވެ. އެއީ 30 އަހަރުގެ ދެ މީހަކާއު 28 އަހަރުގެ މީހެކެވެ.
ދާދި ފަހުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުފައި ގިނަ އަދަދަކަށް ސްޕާ އާއި ސެލޫން ފަދަ ތަންތަނުގައި ނަމުގައި ގިނަ އަދަދަކަށް ހަށިވިއްކުމުގެ ވިޔަފާރިކުރެ އެވެ.