އިރާންގެ ރިޔާސީ އިންތިހާބު ރިފޯމިސްޓެއް ކަމަށްވާ މައްސޫދު ޕެޒޭޝިއަން ކާމިޔާބު ކުރައްވައިފި އެވެ.
އޭނަ އިންތިހާބު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުގައި ދެވަނަ ބުރުގައި ސައީދު ޖަލީލީ ބަލިކުރެއްވުމަށް ފަހު އެވެ. ތިރީސް މިލިއަނަށް ވުރެ ގިނަ މީހުން ވޯޓްލި އިންތިހާބު މައްސޫދު ކާމިޔާބުކުރެއްވީ ވޯޓްލީ މީހުންގެ 53.3 ޕަސެންޓް ވޯޓުންނެވެ. ޖަލީލީ އަށް ލިބިވަޑައިގަތީ 44.3 ޕަސެންޓް ވޯޓެވެ.
ޖުމްލަ ހަ ކެންޑުޑޭޓުންނާ އެކީ އިރާންގެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވީ މިދިޔަ މަހުގެ 28 ގަ އެވެ. ދެވަނަ ބުރަކަށް ދާން ޖެހުނީ އިންތިހާބު ކާމިޔާބު ކުރެއްވޭ ވަރަށް އެއްވެސް ކެންޑިޑޭޓަށް ވޯޓް ހޯއްދެވިފައި ނުވާތީ އެވެ.
އިރާންގެ އަވަސް އިންތިހާބެއް ބާއްވަން މި ނިންމީ މެއި މަހުގެ 19 ގައި އެ ގައުމުގެ ރައީސް އިބްރާހީމް ރައީސީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއެއްގައި އަވަހަރާވުމާ ގުޅިގެންނެވެ. އޭގެ ފަހުން ރައީސްގެ ޒިންމާތަކާ ހަވާލުވެވަޑައިގެން ހުންނެވީ ނައިބު ރައީސް މުހައްމަދު މުހްބަރު އެވެ.
އަމިއްލަ ގޮތުން ވާދަކުރައްވައި އިރާންގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތް މައްސޫދު، 69، އަކީ ކުރިން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ޚާތަމީގެ ވެރިލކަމުގައި 2001-2005 އަށް ހެލްތު އެންޑް މެޑިކަލް އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ ދާއިރާ އަށް ވެންނެވުމުގެ ކުރިން މައްސޫދަކީ ހިތުގެ އޮޕަރޭޝަން ޑޮކްޓަރެކެވެ.