ރީޖަނަލް ޔޫތު ޕާލަމެންޓް އޮން ކްލައިމެޓް އެކްޝަން (އާރްވައިޕީސީއޭ) ބައިވެރިވާން ފުރުސަތު ހުޅުވައިލައިފި އެވެ.
ޔޫތު މިނިސްޓްރީން ބުނީ އާރްވައިޕީސީއޭ އަކީ ޔޫތު އެމްޕަވަމަންޓް އޮން ކްލައިމެޓް އެކްޝަން ޕްލެޓްފޯމް (ޔެކެޕް) ގެ އިސް ނެގުމާ އެކީ ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިއީ ޒުވާން ލީޑަރުންގެ ހަކަތައާއި، އުފެއްދުންތެރިކަމާއި، ތަފާތުކަމާއި، ޝައުގުވެރިކަމުގެ ބޭނުންހިފައި ގައުމީ އަދި ސަރަހައްދީ ފެންވަރުގައި މޫސުމީ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުން ކަމަށެވެ.
މިނިސްޓްރީން ބުނީ އާރްވައިޕީސީއޭ އިން މަސައްކަތް ކުރަނީ މި ލީޑަރުންނަށް ހަރުދަނާ ޕްލެޓްފޯމެއް ހޯދައިދީ، ހާއްސަކޮށް ނެޝަނަލް އެޑަޕްޓޭޝަން ޕްލޭންސް (އެންއޭޕީ) އަދި ނޭޝަނަލް ޑިޓަމިނޭޓެޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ފަދަ އަންޑަ ރެޕްރެޒެންޓޭޓިވް ދާއިރާތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ކަމަށެވެ.
ކުރިމަތިލުމުގެ ޝަރުތަކުގެ ތެރޭގައި އުމުރުން 18-35 އަހަރާ ދެމެދުގެ މީހަކަށްވުމާއި އިނގިރޭސި ބަހަށް އަހުލުވެރިވުމާއިި ގައުމުގެ ގާނޫނު ހަދާ މަޖިލީހާއި، ސްޓޭޓް އެސެމްބްލީގެ މެމްބަރެއްގެ ގޮތުގައި، ނުވަތަ ސަރުކާރުގެ އިދާރާ؛ މޫސުމާ ބެހޭ މަޝްވަރާކުރާ ފަރާތްތަކުގެ ގޮތުގައި ހަރަކާތްތެރިވުމާއި ގައުމީ ނުވަތަ ސަބްނޭޝަނަލް ޒުވާނުންގެ މަޖިލިސްތަކާއި، ޒުވާނުންގެ ކައުންސިލްތަކުގައި ބައިވެރިވުން ނުވަތަ އެމީހެއްގެ ގައުމުގެ ކޮންމެވެސް ފެންވަރެއްގައި ސަރުކާރުގެ އިދާރާތަކާ އެކީ ކޮންސަލްޓޭޓިވް ނުވަތަ އެޑްވައިޒަރީ ޕެނަލްތަކުގައި ބައިވެރިވުމާއި މޫސުމާ ގުޅޭ ގާނޫނާއި ސިޔާސަތުގެ ލިޔުންތައް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި އެކުލަވާލުމުގައި ލަފާ ދިނުމާއި، އެފަދަ މަސައްކަތްތަކުގައި ބައިވެރިވެ އުޅުން ހިމެނެ އެވެ.
ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 14 އާ ހަމައަށެވެ. އިތުރު މައުލޫމާތު މި ލިންކުން https://www.yecap-ap.org/rypca ލިބޭނެ އެވެ.