Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

މައިންބަފައިންގެ ނަމުގައި ގަސް އިންދަން އެދިއްޖެ

ކޮންމެ މީހަކު ވެސް އެ މީހެއްގެ މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދުމަށް އެންވަރަޔަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެދިވަޑައިގެންފި އެވެ.

ހުޅުމާލެ ފޭސް ދޭއްގައި ކްލީން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން އިއްޔެ "ގޯ ގްރީން" ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ހޫނު ގަދަ، ގަސް މަދު ގައުމެއްގައި ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމަށެވެ.

"ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި އެންމެން ގުޅިގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކޮންމެ ބޭފުޅެއްގެ ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދައި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ވަނީ އިލްތިމާސް ކުރަން." މިނިސްޓަރު ވިދާޅުވި އެވެ.

"ގޯ ގްރީން" ޕްރޮގްރާމަކީ ރައީސް، ޑރ. މުހައްމަދު މުޢިއްޒު އިފުތިތާހު ކޮށްދެއްވި "މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުން" މި ޝިއާރުގެ ދަށުން 1،000 ގަސް އިންދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އާއި ގުޅިގެން ކްލީން މޯލްޑިވްސް އިން ފެށި ޕްރޮގްރާމެކެވެ،