Last Updated: January 13, 12:10
Monday, January 13, 2025
ޚަބަރު

ފުލުހެއްގެ އާއިލާއަށް ފުރައްސާރަކުރާ މައްސަލައެއް

Police
ފުލުހުން މާލޭގެ މަގުމަތީގައި ހަރަކާތްތެރިވަނީ- ފޮޓޯ: ފުލުހުން

ފުލުހެއްގެ އާއިލާއަށް ފުރައްސާރަކުރާ މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭގައި މަސައްކަތްކުރާ ފޮރެންސިކް ފުލުހަކަށާއި އޭނާގެ އާއިލާއަށް ގޭންގަކުން ބިރުދައްކަމުންދާ މައްސަލައެއް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފައެވެ.

ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައިވާ ގޮތުން އެ ފުލުސް މީހާގެ އަނބިމީހާއަށް ޖިސްމާނީގޮތުން ފުރައްސާރަ ކުރިކަމަށް ތުހުމަތު ކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، މިބާވަތުގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް މިކަމާ ނުރައްކާތެރި ކުށްކުރާކަމަށް ތުހުމަތުކުރެވޭ އެއްވެސް ގްރޫޕެއް ނުވަތަ ނެޓްވޯކަކާ، ނުވަތަ އެފަދަ ކުށަކާ ގުޅުމެއް އޮތްކަމަކަށް އަދި ފާހަގައެެއް ނުކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

މިމައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.