Last Updated: April 29, 20:44
Tuesday, April 29, 2025
ޚަބަރު

އެމްޑީޕީގެ ދާއިރާތަކުގެ ނައިބު ރައީސް ކަމަށް ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ ހުސްވެފައިވާ ނައިބުރައީސް ކަމަށް ވާދަކުރުމަށް އެޕާޓީން ހުޅުވާލައިފިއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ދާއިރާތަކުންނާއި ރަށްތަކުން ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި، މި އިންތިޚާބު އޮންނާނީ 02 އޯގަސްޓް 2024 ވާ ހުކުރު ދުވަހު ކަމަށެވެ.

މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ، 1 ޖުލައި 2024 އާއި ހަމައަށް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުމާއި ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަމުގައިވުމެވެ.

މިމަޤާމްތަކަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 13 ޖުލައި 2024 ވާ ހޮނިހިރު މެންދުރު 2:00 ގެ ކުރިން ހުށައެޅުމަށް އެމްޑީޕީން އެދިފައިވެއެވެ.

އެމްޑީޕީން މިފަހުން ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.