Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އައިއެޗްއެފް ޓްރޮފީގެ ޓީމްތަކާ ޖާޒީ ހަވާލުކޮށްފި

އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ރާއްޖެ ފިރިހެން ޓީމްތަކާ ޖާޒީ ހަވާލުކޮށްފި އެވެ.

އެ މުބާރާރުގައި ވާދަކުރާ 20 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމްގެ ކުޅުންތެރިންނާ އިއްޔެ ޖާޒީ ހަވާލުކޮށް ދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު އެވެ.

އައިއެޗްއެފް ޓްރޮފީގެ އޭޝިއާ ޒޯން ދޭއްގެ މެޗުތައް އޮންނާނީ މި މަހުގެ 10-14 އަށް އިންޑިއާގެ ޖައިޕޫރުގަ އެވެ. މުބާރާތުގައި ހިރާއްޖޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ، ޔަމަން، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި އަފްގާނިސްތާން ވާދަކުރެ އެވެ.

މި މުބާރާތުގައި ވާދަކުރާ 20 އަހަރުން ދަށުގެ ކޯޗަކީ އަބްދުﷲ ޒިޔާޢު އެވެ. އަދި 18 އަހަރުން ދަށުގެ ޓީމްގެ ކޯޗަކީ މުޙައްމަދު ފިރުނާޝް އަބްދުﷲ އެވެ.

ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙުމަދު މުޖުތަބާ ވިދާޅުވީ ގައުމީ ޓީމްގެ އަމާޒަކީ ރަން މެޑަލް ހޯދުން ކަމަށާއި، ޓީމް ތައްޔާރު ކުރުމަށް އަހަރެއްހާ ދުވަސް ވެސް ހޭދަކޮށްފައިވާ ކަމަށެވެ.