ހޮލީވުޑްގެ މަޝްހޫރު ތަރި. ބްރެޑް ޕިޓްގެ ކާރު ރޭސިން ފިލްމު "އެފް1" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
އަންނަ އަހަރުގެ ޖޫން 27 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ 2022 ގައި ރިލީޒްކޮށް، ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ޓޮމް ކްރޫޒްގެ "ޓޮޕް ގަން: މެވެރިކް" ގެ ޑައިރެކްޓަރު ޖޯސެން ކޮސިންސްކީ ޑައިރެކްޓްކޮށްފައިވާ ސްޕޯޓްސް އެކްޝަން ޑްރާމާއެކެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އެފް1" ގެ ކާސްޓްގައި ޑެމްސަން އިޑްރިސް، ކެރީ ކޮންޑޮން، ޓޮބިއަސް މެންޒީސް އަދި ޖޭވިއާ ބާޑެމް ފަދަ ތަރިން ހިމެނެ އެވެ.