Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

36 ވަނަ ގައުމީ ޤުރުއާން މުބާރާތް ނިންމާލައިފި

ގައުމީ ޤުރުއާން މުބާރާތުގެ ކިޔެވުން ނިންމާލައިފި އެވެ.

މި މުބާރާތުގައި 119 މުއައްސަސާއަކުން ބައިވެރިވެފައިވެ އެވެ. ގައުމީ ޤުރުއާން މުބާރާތުގެ ބައިވެރިންގެ ތެރޭގައި 52 ސްކޫލަކުން 365 ދަރިވަރުންނާއި، ކައުންސިލްތަކުގެ ފަރާތުން ވާދަކުރި 357 ބައިވެރިންގެ އިތުރުން އެހެނިހެން މުއައްސަސާތަކުގެ 292 ބައިވެރިންނެވެ. އަދި މި އަހަރުގެ މުބާރާތުގައި ހާފިޒުންގެ ބައިން 15 މީހަކު ވެސް ވާދަކުރި އެވެ.

ނަމަވެސް މިދިޔަ މަހުގެ 30 އިން އިއްޔެގެ ނިޔަލަށް މާލޭގެ ސަލްމާން މިިސްކިތުގައި ކުރިއަށް ގެންދިޔަ މުބާރާތުގައި ކިޔެވީ ޖުމްލަ 992 ބައިވެރިންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިން 579 ބައިވެރިންނާއި، ނުބަލައި ކިޔެވުމުގެ ބައިން 413 ބައިވެރިންނެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި 36 ވަނަ ގައުމީ ޤުރުއާން މުބާރާތުގެ ނާތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައ ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭގަ އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ގައުމީ ޤުރުއާން މުބާރާތަކީ 1981 އިން ފެށިގެން އިސްލާމިކް މިނިސްޓްރީން ދީނީ ގޮތުން ބާއްވަމުން އަންނަ މުބާރެތެކެވެ.