Last Updated: September 8, 03:07
Sunday, September 8, 2024
ޚަބަރު

ފުއާދު ތައުފީގުގެ ބައޮގްރަފީ ނެރެނީ

އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ ބައޮގްރަފީ ނެރެން ތައްޔާރުވެއްޖެ އެވެ.

މި މަހު ނެރެން ނިންމާފައިވާ މި ފޮތް ލިޔެފައި ވަނީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުގެ ބައޮގްރަފީ ވެސް ލިޔުނު ނޫސްވެރިޔާ އަހުމަދު ސާއިލް އަހުމަދެވެ.

ގައުމީ ހިދުމަތުގައު އުޅުއްވާތާ ގިނަ އަހަރުތަކެއްވީ އަދި މިހާރު އުމުރުން 69 އަހަރުގެ ފުއާދުގެ ބައޮގްރަފީގައި އޭނަގެ ހަޔާތުގެ އެކި ދުވަސްވަރުގެ އެކި ސޮފުހާތައް ގެނެސްދޭނެ އެވެ. އެގޮތުން ގައުމީ ހިދުމަތުގެ ވާހަކަ އާއި އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ވެސް ފޮތުގައި ކިޔުންތެރިންނަށް ގެނެސްދޭނެ އެވެ.

ރާއްޖޭގެ މަޝްހޫރު އާއިލާއެއް ކަމަށްވާ ހާޖަރޭގެ އާއިލާ އަށް ނިސްވަތްވާ ފުއާދު ތައުފީގުގެ ބައޮފްރަފީ މި މަހު ނެރެން ތައްޔާރުވަމުން ދިޔަ ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ.