Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ފުވައްމުލަކުގައި ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ފުވައްމުލަލުގައި "ހަށިހެޔޮ ދުޅަހެޔޮ ކަސްރަތު" ގެ ނަމުގައި ޕްރޮގްރާމެއް ފަށައި ފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ފުވައްމުލަކުގެ ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް އެސޯސިއޭޝަނާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްގައި 140 މީހަކު ބައިވެރިވެ އެވެ.

މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާއި އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ހަށިގަނޑު ބައްޓަންކުރަންވީ ގޮތްތައް ދަސްކޮށްދެވޭނެ އެވެ.

މި ޕްރޮގްރާމްގައި ކުލާސްތައް ނަގައި ދޭނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.