Last Updated: April 29, 17:31
Tuesday, April 29, 2025
ޚަބަރު

ނިހާދަށް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަން

ފޭދޫ މެމްބަރު ނިހާދު. ފޮޓޯ: އަހުމަދު އާއިޝް ނަސީރު/އައްޑޫ ލައިވް

ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދު، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނުކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާދު އެމަގާމަށް އައްޔަނުކޮށްފައިވަނީ މި ފެށުނު ހަފުތާގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓް ދައްކާ ގޮތުން ނިހާދުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގައި 3 ސްޓޭޓް މިނިސްޓަރުން ތިއްބަވާނެއެވެ. އެއީ އަހުމަދު ނާޒިމް މުހައްމަދު، ހާރިޝް މުހައްމަދު އަދި މުނިމް އަނީސްއެވެ. މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީގައި 11 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވައެވެ.

ނިމުނު މަޖިލީހުގައި ފޭދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ނިހާދު މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާފައެއް ނުވެއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ނިހާދު ވަނި އެމްޑީޕީ ދޫކުރައްވާ ޕީއެންސީއަށް ސޮއި ކުރައްވާފައެވެ.