އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާ އަށް ފުރާވަޑައިގެންފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ސައީދުގެ މި ދަތުރުފުޅުގައި އެމެރިކާގެ އިގްތިސާދީ ދާއިރާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށާއި އަދި އެމެރިކާގެ ވިޔަފާރިވެރިންގެ މައި ޖަމިއްޔާގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.
މި ދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ދެ ގައުމުގެ މެދުގައި އިގްތިސާދީ ގުޅުންތައް ވަރުގަދަކޮށް، އިންވެސްޓްމަންޓްތައް ހޯދުމަށް މަޝްވަރާ ކުރުން ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓައު ސައީދު އެމެރިކާ އަށް ފުރާވަޑައިގެންފައިވާއިރު އީކޮމާސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލްގެ އެކްސެސް ރާއްޖެއަށް ހޯދަން އެމެރިކާގެ ސަރުކާރާއެކު މަޝްވަރާތައް ފަށަން ތައްޔާރުވަމުން އަންނަކަމަށް ސަރުކާރުން ވަނީ މިއަހަރުގެ ކުރީކޮޅު ބުނެފަ އެވެ.
ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.