Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ޤުރުއާންގެ ކޯސްތައް އޮންލައިންކޮށް ހިންގަން ހުއްދަ

ޤުރުއާނާ ބެހޭ ކޯސްތައް އޮންލައިންކޮށް ހިންގުމުގެ ހުއްދަ ހުއްދަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭ) އިން ދީފި އެވެ.

އެތަނުން ހުއްދަ ދޭން ނިންމީ އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިންނެވެ.

މިކަމާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި އެމްކިއުއޭގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ޤުރުއޢންގެ ކޯސްތައް އޮންލައިންކޮށް ހިންގުމުގެ ޖުއްދަ ދިން އިރު، އެފަދަ ކޯސްތަކަކީ މިހާތަނަށް ރާއްޖޭގައި އޮންލައިންކޮށް ހިންގުން ހުއްދަ ނޫން 8 ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއް ކަމށެވެ.

އެހެންވެ ފިޒާނާ ވިދާޅުވީ ގައިޑްލައިންގައި އޮންލައިންކޮށް ކިޔަވައި ނުދެވޭނެ ކަމަށް ބުނާ ދާއިރާތަކުގެ ކޯސްތައް، ކަމާބެހޭ ފަރާތްތަކާ ވާހަ ކަދައްކައިގެން އޮންލައިންކޮށް ކިޔަވައިދެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އޮންލައިންކޮށް ޤުރުއާނާބެހޭ މޮޑިޔުލްތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ހުއްދަ ދެވިދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީމަ ހުއްދަ ދޭން ނިންމީ." ފިޒާނާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ޤުރުއާނާބެހޭ އެކި ކޯސްއް އޮންލައިންކޮށް ކިޔަވައި ދިނުމުގެ ހުއްދަ ދިނުމާ ގުޅިގެން މަޢާނިލް ޤުރުއާނާއި ޢުލޫމުލް ޤުރުއާން ފަދަ މާއްދާތައް އޮންލައިންކޮށް ދެން ކިޔަވައި ދެވޭނެ ކަމަށެވެ. އަދި ވަކި އުޞޫލެއްގެ ދަށުން އެހެން މާއްދާތައް ވެސް އެގޮތަށް ކިޔަވައިި ދެވިދާ ނެކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައިި ޠިލާވާ އަދި ހިފުޒު ފަދަ މާއްދާތައް ހިމެނެ އެވެ.