ރާއްޖޭގެ މަތީ ތައުލީމީ ދާއިދާ އަށް ސިންގަޕޫރްގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާކޮށްފައި ވަނީ ސިންގަޕޫރުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސޫ ކޮކް ލެންގް އާއި ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު އިއްޔެ އެވެ. އެގޮތުން ސިންގަޕޫރުގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ގުޅިގެން ރާއްޖޭގައި މަތީ ތަޢުލީމު ފުޅާކުރުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބައްދަލުވުމުގައި ކޮންސްޓްރަކްޝަނާއި ޓޫރިޒަމާއި އިންޖިނިއަރިން ފަދަ ދާއިރާތަކުން ޒުވާނުންގެ ހުނަރު އިތުރުކޮށް އެ ދާއިރާތަށް އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ މެދު ޙިޔާލުފާޅުކޮށް މަޝްވަރާކުރެވުނި ކަމަށެވެ.
މީގެ އިތުރުން މޯލްޑިވިސް ޕޮލިޓެކްނިކާއި މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން މަސައްކަތްތެރިކަމުގެ ދާއިރާތަކުގައި ޒުވާނުންގެ ހުނަރުތައް އިތުރުކުރުމަށް ހިންގާ ކޯސްތައް ކުރިއެރުވުމުގައި ސިންގަޕޫރުގެ ސަރުކާރުން ދެވެން ހުރި އެހީތެރިކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވެ އެވެ.