އާސަންދައިގެ ދަށުން އުމުރުން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންގެ މެޑިކަލް ޗެކްއަޕް ހެދުމުގެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އާސަންދައިން މިއަދު ބުނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް ސަރުކާރުގެ ހޮސްޕިޓަލުތަކުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމށެވެ.
މި އިންތިޒާމް ހަމަޖެހިފައިވަނީ، ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ތަންފީޒު ކުރުމަށް ސަރުކާރުން ފަށާފައިވާ ސިޔާސަތާ އެއްގޮތަށް ކަމަށް އާސަންދަ އިން ބުނެ އެވެ.
އާސަންދައިގެ ދަށުން އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް، އަދި ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްޞަ ސްކޫލް ސްކްރީނިން ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް މިދިޔަ އޭޕްރީލް މަހުން ފެށިގެން ވަނީ ހަމަޖައްސާފަ އެވެ.
އާސަންދަ މެދުވެރިކޮށް ދިވެހިންނަށް މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.