އަމިއްލަ ދަރިޔަކަށް ނުވަތަ އާއިލާގެ މެންބަރަކަށް ނާޖައިޒު ގޮތުގައި މަގާމެއް ހޯދައި ނުދެއްވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރިޔަކު ނުވަތަ އާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ޚިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުސަތަކީ ނާޖާއިޒު ގޮތުގައި ހޯދައިދޭނެ ފުރުސަތެއް ނޫން ކަމަށެވެ.
"ދައުލަތުގެ މުދަލާއި މަޤާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން." މިނިސްޓަރު ޝަހީމްގެ ޕޯސްޓުގައިވެއެވެ.
އަޅުގަނޑުގެ ދަރިޔަކު، ނުވަތަ ޢާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ޚިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުޞަތަކީ އަޅުގަނޑު ނާޖާއިޒްގޮތުގައި ހޯދައިދޭނެ ފުރުޞަތެއްނޫން. ދައުލަތުގެ މުދަލާއި މަޤާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 10, 2024
ޝަހީމް މިފަދައިން ވިދާޅުވިއިރު، މިފަހުން ސޯޝަލްމީޑިއާގައި ވަނީ ޝަހީމްގެ ދަރިކަލެއް މެލޭޝިއާގައި ހުންނަ އެމްބަސީއަށް އަދި ޝަހީމްގެ އާއިލާ ބޭފުޅަކަށް ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ދެއްވާފައިވާކަމުގެ އަޑުތައް ފެތުރިފައެވެ.