Last Updated: November 25, 22:26
Tuesday, November 26, 2024
ޚަބަރު

އީޔޫގެ ޔޫތު ގްރާންޓަށް ހުޅުވާލައިފި

ގްލޯބަލް ޔޫތު މޮބިލައިޒޭޝަން މެދުވެރިކޮށް އީޔޫގެ ޔޫތު އެމްޕަވަމަންޓް ފަންޑަށް ގްރާންޓް އެޕްލިކޭޝަން ހުޅުވާލައިފި އެވެ.

މި ފުރުސަތަކީ ޔޫރަޕިއަން ޔޫނިއަން އާއި ބިގް ސިކްސް ޔޫތު އޮގަނައިޒޭޝަން ގުޅިގެން ކުރިއަށް ގެންދާ ޕާޓްނަޝިޕެއްގެ ބައެކެވެ. ގްރާންޓްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ބާރުވެރިކޮށްދީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން އިނޮވޭޓިވް ލޯކަލް ޕްރޮޖެކްޓްތަކަށް ފައިސާ ދީގެން އެމީހުންގެ މުޖުތަމައުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމެވެ.

މި ގްރާންޓްގެ ދަށުން ވަކިވަކި ޒުވާނުންނާއި ނުރަސްމީ ގްރޫޕްތަކަށް 500-1،500 އާ ދެމެދުގެ އަދަދެއް ޔޫރޯ ލިބޭ އިރު، ޒުވާނުންގެ ޖަމިއްޔާތަކަށް 3،000-5000 އާ ދެމެދުގެ އަދަދެއެއްގެ ޔޫރޯ ލިބޭނެ އެވެ.

އެޕްލައި ކުރެވޭނީ:

* 14-30 އަހަރުގެ ޒުވާނުން
* ނުރަސްމީ ގްރޫޕްތައް
* ރަޖިސްޓްރީކޮށްފައިވާ ޒުވާނުންގެ ޖަމިއްޔާތައް

ފޯކަސްކުރާ ދާއިރާތައް:

* އެސްޑީޖީތަކާ އެއްގޮތަށް ދުނިޔޭގެ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭ މަޝްރޫއުތައް
* މުޖުތަމައުގެ ތެރޭގައި އަޑުއުފުލުމުގެ ފުރުސަތު ލިބިފައިނުވާ ގްރޫޕުތަކާއި، ޖެންޑާ ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް ތަފާތު ފަންތީގެ ފަރާތްތަކާއި ތަމްސީލު ނުކުރެވޭ ގްރޫޕްތަކުން ކުރިމަތިލާ ފަރާތްތައް

މި މަހުގެ 21 އާ ހަމައަށް އެޕްލިކޭޝަން ހުޅުވާލާއިރު، ފޯމްތައް އިނގެރޭސި، އަރަބި، ފްރެންޗް އަދި ސްޕެނިޝް ބަހުން ލިބެން ހުންނާނެ އެވެ.

މި ލިންކުން https://yef-gym.tfaforms.net/3 މިކަމާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ އެވެ.