އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެގެ ފަރާތުން އައްޑޫގެ ކަސްޓަމްސްއާ ބައްދަލުކޮށްފި އެވެ.
އިއްޔެ އައްޑޫ ރީޖަނަލް ކަސްޓަމްސްގައި ބޭއްވި މި ބައްދަލުވުމަކީ ސަދަން އޭރިއާ ކޮމާންޑަށް ނިސްބަތްވާ ސަރަހައްދުގެ ކަސްޓަމްސްއާ ގުޅުން ހުރި ކަންކަމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމާއި ދިމާވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުކުރެއްވުމެކެވެ.
އެ ބައްދަލުވުމުގައި އައްޑޫ ކަސްޓަމްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ސަދަން އޭރިއާ ކޮމާންޑްގެ ފަރާތުން އިސްކޮށް ހުންނެވީ އެ އޭރިއާގެ ކޮމާންޑަރު ކާނަލް މުޙައްމަދު ޖަމްޝާދެވެ. ބައްދަލުވުވުމުގައި ޑެޕިއުޓީ ކޮމާންޑަރު ލެފްޓިނެންޓް ކާނަލް އިބްރާހީމް ޙަލީމާއި ސްޓާފް އޮފިސަރުންތަކެއް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.