Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ޒަކާތު ފަންޑުން ޖޫން މަހު 107 މީހަކަށް އެހީ

މިދިޔަ މަހު ޒަކާތު ފަންޑުން 107 މީހަކަށް އެހީ ދީފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.

އެތަނުން މިއަދު އާންމުކުރި ޒަކާތު ފަންޑުން މިދިޔަ މަހު ކުރި ހޭދައިގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެހީގެ ގޮތުގައި މިދިޔަ މަހު ދޭން ކަނޑައެޅި އަދަދަކީ 870957.53ރ. އެވެ. އަދި ޒަކާތު ހައުސް ހިންގުމުގެ ހަރަދާ އެކީ މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 1044989.10ރ. ހޭދަވި އެވެ. މީގެ ތެރެއިން 273026.48ރ. އަކީ އިދާރީ މުވައްޒަފުންގެ އުޖޫރަ އެވެ.

މިދިޔަ މަހު ދިން އެހީތަކަށް ބަލާ އިރު، އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ކެންސަރު ބަލީގެ ފަރުވާއަށެވެ. އެގޮތުން ބައްޔަށް ފަރުވާ ހޯދަން ޒަކާތު ފަންޑުން 262911.00ރ. ދީފައިވެ އެވެ. މީގެ އިތުރުން ހިތުގެ އޮޕަރޭޝަންތަކަށް 38،164ރ، ކިޑްނީގެ ބަލިތަކަށް 97،531.50ރ، ޓްރާންސްޕްލާންޓަށް 25،433ރ، ސިކުނޑީގެ އޮޕަރޭޝަންތަކަށް 124،580.53ރ. އަދި އެހެނިހެން ބަލިތަކަށް އެހީގެ ގޮތުގައި 322،372.50.ރ. ދީފައިވެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އަކީ މި ސަރުކާރުން އުފެއްދި އިދާރާއެކެވެ. އެތަނުގެ ބޭނުމަކީ ރާއްޖޭގެ ޒަކާތަށް އަހުލުވެރިކުރުވުމާއި ޒަކާތުގެ ކަންކަން ހަރުދަނާކޮށް، ޒަކާތު ފަންޑް ވެސް މެނޭޖްކުރަމުން ދިއުމެވެ.