ފެނިގެން މި ދިޔައީ ޕާޓީއަށް ބައެއް ބޭފުޅުން ގައްދާރުވެ އަމިއްލަ މަސްލަހަތު އިސް ކުރުމުގެ ނަތިޖާ ކަމުގައި ޝެއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.
ޝެއިހް އިލްޔާސް؛ އޭނާގެ ފޭސްބުކްގައި ވިދާޅުވެފައިވަނީ ޝެއިހް އިމްރާނަކީ ރާއްޖޭގައި އުފެދުނު ދީނި އަދި ސިޔާސީ ވަރަށް ވަރުގަދަ ޝަހްސިއްޔަތެއް ކަމަށެވެ.
"މާތް ﷲ ޝެއިހް އިމްރާނަށް ސާބިތުކަން ދެއްވައި އަނިޔާވެރިންގެ އަނިޔާވެރިކަމުން ސަލާމަތް ކުރައްވާށި،" އިލްޔާސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވެފައިވަނީ ފެނިގެން މި ދިޔައީ ޕާޓީއަށް ބައެއް ބޭފުޅުން ގައްދާރުވެ އަމިއްލަ މަސްލަހަތު އިސް ކުރުމުގެ ނަތީޖާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވުން އެދި އޭނާ ދުއާ ކުރައްވާފައިވެއެވެ.
އަދާލަތު ޕާޓީގެ މެމްބަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ފަރާތުން އިމްރާން ހައްޔަރުކުރުމާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.