ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ސްރީ ލަންކާ އަށް ރަސްމީ ދަތުރެއްގައޮ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރާއްޖެއާ އެންމެ އަވައްޓެރި އެއް ގައުމު ކަމަށްވާ ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސްގެ އެ ދަަތުރު އޮންނާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ. މި ދަތުރު ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރައީސް ލަންކާ ވަޑައިގަންނަވާ ފުރަތަމަ ފަހަރަށެވެ.
މި ދަތުރުގައި ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރަން ވެސް ހަމަޖެހިފައިވާތީ އެކަން ރައްޔިތުންގެ މަޖިލީހަށް އެޕްރޫވަލް ހޯދަން ހުށަހަޅާފައިވާ ކަމަށް ވެސް ލަންކާގެ ނޫސްތަކުން ބުނެފައިވެ އެވެ.
ނަމަވެސް ރައީސްގެ ލަންކާ ދަތުރާ ބެހޭ އެެއްވެސް މައުލޫމާތެއް ސަރުކާރުން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ވަޑައިގަތް ގައުމަކީ ޗައިނާ އެވެ. އޭގެ ފަހުން އެ މަނިކުފާނު ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކަށް ވަޑައިގެންފައިވެ އެވެ.