އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަަޓިކް ޕާޓީ (އެމްޑީޕީ) ގެ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެމްޑީޕީން އެޕާޓީގެ ހަރުގެ ޖަލްސާތައް ފަށާފައިވާއިރު މިރޭގެ ޖަލްސާ ކުރިއަށްދާނީ ޗާންދަނީ މަގުގައި ހުންނަ އެޕާޓީގެ ދަނޑިކޮށި ޖަގަހައިގައި ކަމަށް މައުލޫމާތު ދީފައިވެއެވެ. މިރޭގެ ހަރުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 09:00 ގައެވެ.
އެމްޑީޕީ ހަރުގެ ޖަލްސާ
🗓️ 11 ޖުލައި، ބުރާސްފަތި
⏰ ރޭގަނޑު 9:00
📍 ދަނޑިކޮށި ޖަގަހަ، ޗާންދަނީމަގުހުރިހާ ބޭފުޅުންނަށް ދަޢުވަތު އަރުވަން. pic.twitter.com/jklGAqi2Jf
— MDP Secretariat (@MDPSecretariat) July 10, 2024
"ކުރީ ސަރުކާރު" ނަމުގައި އެމްޑީޕީން ކުރިއަށްގެންދާ ހަރުގެ ޖަލްސާ މިރޭ ކުރިއަށް ގެންދާއިރު މިދިޔަ ހަފުތާގައިވެސް ހަރުގެ ޖަލްސާ ބާއްވާފައިވެއެވެ.
ބޮޑު ދެ އިންތިހާބުން އެމްޑީޕީއަށް ބޮޑު ބައްޔަކާ ކުރިމަތިލާންޖެހުމަށްފަހު، އެޕާޓީގެ ހަރަކާތްތައް އަނެއްކާވެސް ފަށައިގަނެފައިވާއިރު، އެޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން މިރޭގެ ޖަލްސާގައި ބައިވެރިވުމަށް އެމްޑީޕީން އެދިފައިވެއެވެ.