Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އިސްލާމިކް މިނިސްޓްރީން މަހާސިންތާތަކެއް ބާއްވަނީ

މިހާރު ވެސް ދޯނީ ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުން އަންނަ އިސްލާމިކް މިނިސްޓްރީން މި އަހަރަށް ހާއްސަކޮށްގެން މިއަހަރު މަހާސިންތާތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

އެގޮތުން ތަފާތު ދާއިރާތަކުން ހަ މަހާސިންތާއެއް ބާއްވަން ނިންމައި އޭގެ ތެރެއިން ބައެއް މަހާސިންތާތައް ބާއްވާނެ ސީދާ ތާރީހުތައް ވެސް މިހާރު ވަނި އާންމުކޮށްފަ އެވެ.

މަހާސިންތާ ބާއްވާ ދާއިރާތަކާއި ތާރީހުތައް:

* އޮގަސްޓް 24 ގައި އިލްމުވެރިންގެ މަހާސިންތާ
* ސެޕްޓެމްބަރު 4 ގައި ޖަމްއިއްޔާ މަހާސިންތާ
* ސެޕްޓެމްބަރު 21 ގައި އިމާމުންގެ މަހާސިންތާ
* އޮކްޓޯބަރު 26 ގައި ޒަކާތު މަހާސިންތާ
* އޮކްޓޯބަރުގައި ހައްޖާއި އުމްރާގެ މަހާސިންތާއެއް
* ނޮވެމްބަރުގައި ފަތުވާ މަޖްލިސް މަހާސިންތާއެއް

އިސްލާމިކް މިނިސްޓްރީން ބުނީ މި މަހާސިންތާތަކުގެ ބޭނުމަކީ ކަނޑައަޅާފައިވާ ދާއިރާތަކުން ހިދުމަތް ދިނުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ މައުލޫމާތު މުއްސަނދިކޮށް ހޭލުންތެރި ކުރުވުން ކަމަށެވެ. އަދި މުޖުތަމަޢުއަށް ސައްހަ އަޤީދާ ކިޔައި ދިނުމުގައި ދީނީ އިލްމުވެރިންގެ ދައުރު ފުޅާކުރުމަކީ ވެސް މަހާސިންތާތަކުގެ މަގުސަދެކެވެ.