Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ގައިންގަޔަށް އަރާ 3 ބައްޔެއް ފެތުރެނީ

ރާއްޖޭގައި މި ދުވަސްވަރު ގައިންގަޔަށް އަރާ ތިން ބައްޔެއް ފެތުރެމުން އަންނާތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެތަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހުގެ 23-29 ވަނަ ދުވަހުގެ ނިޔަލަށް ލޮލު ރޯގާގެ 407 ކޭސް ރިޕޯޓްކޮށްފައިވާ އިރު، މިދިޔަ މަހުގެ 30 އިން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ބަލީގެ 337 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

ލޮލޮރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދާއި އިތުރުން ލ އަތޮޅާއި ފުވައްމުލަކުންނެވެ.

އެޗްޕީއޭ އިން ބުނީ ފާނަބަސަންދުގެ ރިޕޯޓްތައް ވެސް އިތުރުވަނުންދާ ކަމަށެވެ. އެގޮތުން، އެ ބަލިޖެހިގެން 94 ކޭހެއް މިދިޔަ މަހުގެ 23-29 ވަނަ ދުވަހުގެ ނިޔަލަށް ރިޕޯޓްކޮށްފައިވެވެ އެވެ. އަދި މިދިޔަ ހަފުތާގައި އެކަނި ވެސް ފާނަބަސްދުގެ 107 ކޭސް ފެނިފައިވެ އެވެ. ކަމަށެވެ.

އެ ބަލީގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދާއި ޅ އަދި އައްޑޫންނެވެ.

އެޗްޕީއޭ އިން ބުނީ ދެން އެންމެ ބޮޑަށް ފެތުރެނީ ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ކަމަށެވެ. މިދިޔަ މަހުގެ 23-29 އާ ހަމައަށް އެ ބަލީގެ 11 ކޭހެއް ރިޕޯޓްކޮށްފައިވެ އެވެ. އަދި މިދިޔަ ހަފުތާގައި 35 ކޭހެއް ރިޕޯޓްކޮށްފައިވެ އެެވެ. އެ ބަލީގެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައި ވަނީ މާލޭ ސަރައްދުގެ އިތުރުން އދ. އަތޮޅުންނެވެ.