އިންޑިއާ އިން އައްޑު އަށް ދާއިމީކޮށް ޕެރިޝަބަލް ކާގޯ ގެންނަން ފަށައިފި އެވެ.
ކުރިން އިންޑިއާގެ ޓުޓިކޮރިން އިން އައްޑު ޕެރިޝަބަލް ކާގޯ ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ނުވަތަ ގެނައުމުގެ މަސައްކަތްކުރީ އީ ލަކުޑި ބޯޓުތަކުގައި ކަމަށް ވިޔަސް މިކަން އަލުން ފެށި އިރު މުދާ ގެނައުމަށް ބޭނުން ކުރަނީ ދަގަނޑު ބޯޓުފަހަރެވެ.
އެގޮތުން ފުރަތަމަ ބޯޓު ބުދަ ދުވަހުގެ ރޭ އައްޑު އަށް އައިސްފައިވެ އެވެ. އެއިން 150 ޓަނުގެ މުދާ ގެނެސްފައިވެ އެވެ.
ދާއިމީކޮށް މިކަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މޯލްޑިިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އައްޑޫގެ ބައެއް ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށްފައިވެ އެވެ. އެ ބައްދަލުވުމުގައި ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު ވަނީ ޓުޓިކޮރިން އިން ދާއިމީކޮށް އައްޑު އަށް ދަތުރުތައް ކުރިއަށް ގެންދިއުމަށް ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ މުދާ ގެނައުމުގައި އެ މީހުންނަށް ހުރި ދަތިތަކުގެ ވާހަކަ ހިއްސާކޮށްފަ އެވެ. އަދި އެމްޕީއެލުން މިހާރު ފަހިކޮށް ދިން ފުރުސަތުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށް ފާހަގަކޮޮށްފައިވެ އެވެ.