ކައިވެނީގެ ނަމުގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރޭޕް ކުރަމުން ދިޔަ މައްސަލައއްގައި ދައުލަތުން ދައުވާ އުފުލި އިސްމާއިލް ހައްމާދުގެ މައްޗަށް ކުށް ސާބިތުވެ 14 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އޭނަ އެ ކުއްޖާ ރޭޕްކުރިކަން ފަޅާއެރީ ބައިވެރިވި ދީނީ ހަރުކަށި ފިކުރުގެ ގްރޫޕެއްގެ ތެރޭގައި ހައްމާދަށް ހަމަލާދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން ދަނިކޮށެވެ. އޭރު އެ ކުއްޖާ ވަނީ ރ. މަޑުއްވަރީ އަށް ނިސްބަތްވާ ހައްމާދަނަށް ދަރިއަކު ވެސް ވިހައިފަ އެވެ. ފުލުހުން އޭރު ބުނެގައި ވަނީ 13 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅުގެ ޑީއެންއޭ ހާއްމާދާ ދިމާވެ އެވެ. ރޭޕްގެ ޝިކާރައަކަށްވި ކުއްޖާއަކީ ވެސް ހަރުކަށި ފިކުރުގެ ބޮޑެއްގެ ދަރިއެއް ކަަމަށް ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ހައްމާދަށް 14 އަހަރުގެ ހުކުމެއް އިއްވި އިރު އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު އޮންނަ އެންމެ ބޮޑު އަދަބެވެ.
ފުުލުހުން ހަމްދާން ހައްޔަރުކުރީ 2019 ގެ ނޮވެމްބަރުގައި ކަނޑުމަތީގައި ހިންގި މާރާމާރީގެ ސަބަބުން އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަ ށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ. އެ ހަމަލާއިން ހައްމާދު ސަލާމަތްވީ އެ މީހުން ތިބި ދޯނިން ފުންމާލައިގެން ފަތާފައި އއ. މާޅޮހަށް އަރައިގެންނެވެ.
އެ މާރާމާރީގައި ހައްމާދުގެ ގައިގެ އެކި ތަންތަނަށް ވަޅިން ހަމަލާދިނީ، ރ. މަޑުއްވަރީ ބީޗްހައުސް، އިސްމާއިލް އާސިފެވެ. އޭނާ އަދިވެސް ހުރީ ބަންދުގަ އެވެ.
މީގެ ކުރިން ފުލުހުން އާންމުކުރި މައުލޫމާތުން އިނގޭ ގޮތުގައި ގޮތުގައި ހައްމާދު ހަރުކަށި ފިކުރުގެ ތެރެއަށް ވަނީ އެހެން ކުށެއްގައި އިއްވި ޖަލު ހުކުމެއް ތަންފީޒުކުރުމަށް ޖަލުގައި ބަންދުވެ އުޅުމެގެ ތެރޭގަ އެވެ.
ހައްމާދަނީ ކުރިން ވީޓީވީގެ އިމާރާތަށް ގެއްލުން ދިން މައްސަލައެއްފައި ވެސް ޖަލަށްލި މީހެކެވެ. އެއީ 2012 ގަ އެވެ. އެ އެ ހުކުމުން މިނިވަންވެފައި ހުއްޓައި ސެޕްޓެމްބަރު، 22، 2019 ގައި މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި އެހެން ތަކެތި ވައްދަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ވެސް އޭނާ ހައްޔަރުކުރި އެވެ.