Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އިލްމުވެރިންގެ މަހާސިންތާ އަށް ހުޅުވާލައިފި

މެއި މަހު ބޭއްވި އިސްލާމީ ދައުރާގައި ޝައިހުންތަކެއް. ފޮޓޯ/ މިނިސްޓްރީ

އަންނަ މަހު އިސްލާމިކް މިނިސްޓްރީން ބާއްވަން ނިންމާފައިވާ "އިލްމުވެރިންގެ މަހާސިންތާ" ގައި ބައިވެރިވާން ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންނަށް ހުޅުވާލައިފި އެވެ.

މި މަހާސިންތާ ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 24 އަށެވެ. މަހާސިންތާގެ މައުޟޫއަކީ "އިސްލާމީ ރިވެހި އަޚުލާގާއި، އަޚުލާގު ހިމާޔަތް ކުރުމުގައި އިލްމުވެރިންގެ ދައުރު" އެވެ.

އިސްލާމީ މަރުކަޒުގައި ބާއްވާ މި މަހާސިންތާގައި ސީދާ ހާޒިތުވެގެންނާއި އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެގޮތުން މިހާރު ވަނީ ބައިވެރިވާން ޝައުގުވެރިންނަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފަަ އެވެ.

މި އަހަރަށް ތާވަލުކޮށްފައިވާ މަހާސިންތާކުގެ ތެރޭގައި:

* ސެޕްޓެމްބަރު 4 ގައި ޖަމްއިއްޔާ މަހާސިންތާ
* ސެޕްޓެމްބަރު 21 ގައި އިމާމުންގެ މަހާސިންތާ
* އޮކްޓޯބަރު 26 ގައި ޒަކާތު މަހާސިންތާ
* އޮކްޓޯބަރުގައި ހައްޖާއި އުމްރާގެ މަހާސިންތާއެއް
* ނޮވެމްބަރުގައި ފަތުވާ މަޖްލިސް މަހާސިންތާއެއް

މި މަހާސިންތާތަކުގެ ބޭނުމަކީ ކަނޑައަޅާފައިވާ ދާއިރާތަކުން ހިދުމަތް ދިނުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ މައުލޫމާތު މުއްސަނދިކޮށް ހޭލުންތެރި ކުރުވުން ކަމަށެވެ. އަދި މުޖުތަމަޢުއަށް ސައްހަ އަޤީދާ ކިޔައި ދިނުމުގައި ދީނީ އިލްމުވެރިންގެ ދައުރު ފުޅާކުރުމަކީ ވެސް މަހާސިންތާތަކުގެ މަގުސަދެކެވެ.