Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ބަންގްލަދޭޝް އިން ކުޅިވަރު ސާމާނުތަކެއް ހަދިޔާކޮށްފި

ބަންގްލަދޭޝް އިންރާއްޖެއަށް ކުޅިވަރު ސާމާނުތަކެއް ހަދިޔާކޮށްފި އެވެ.

ސްޕޯޓްސް މިނިސްޓްރީގައި އިއްޔެ ބޭއްވި ހަފުލާއެސއްގައި ބަންގްލަދޭޝް ސަރުކާރުގެ ފަރާތުންސާމާނުތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުންނެވެ. މިނިސްޓްރީގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ ސްޓޭޓު މިނިސްޓަރު މުހައްމަދު ރިޔާޒެވެ. ތަކެތި ހަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު އެޑްމިރަލް އަބްދުލް ކަލާމް އާޒާދެެވެ.

ބަންގްލަދޭޝްއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނީ 100 ފުޓުބޯޅަ އާއި 100 ފުޓްސަލް ބޯޅަ އާއި 90 ވޮލީ ބޯޅައިގެ އިތުރުން
100 ބިބްސް އެވެ.

ރިޔާޒް ވަނީ ބަންގްލަދޭޝް އިން ތަކެތި ހަދިޔާކޮށްފައިވާތީ އެ ގައުމުގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފައެވެ. އަދިއެ ތަކެތީގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ފައިދާކުރާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީން ބުނީ ބަންގްލަދޭޝް އިން ކުޅިވަރު ސާމާނު ސްކޫލްތަކާއި ކުޅިވަރުތަކަށް ތަކެތި ބަހަން ނިންމާފައިވާ ކަމަށެވެ.