Last Updated: April 21, 09:35
Monday, April 21, 2025
ޚަބަރު

މާދަމާ މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ

މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:00 ގަ އެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާދަމާ މެންދުރު 14:00 އިން ފެށިގެން ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.