Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ނުރައްކާތެރި ބައްޔެއް ފެތުރޭތީ ސަމާލުވާން އެދިއްޖެ

ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް އިންޑިއާފގެ ކެރަލާފައި ފެތުރޭތީ އެ ގައުމަށްް ދާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްތްރީން އިލްތިމާސްކޮށްފި އެވެ.

ކެރަލާ އަކ ދިވެހިން ބޭސްފަރުވާއަށް ވަރަށް އާންމުކޮށް ދަތުރުކުރާ ތަނެކެވެ.

އެހެންވެ ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު ނޯޓިހެއްގައި ބުނީ ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެެއްކަމަށްވާ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ފެތުރެމުންދާތީ ކެރެލާގެ ސިއްހީ ވުޒާރާއިން ވެސް އެކަމަށް ސަމާލުވުމަށްް އަންގާފައިވާ ކަމަށެވެ.

މި ބައްޔަކީ ކަންފަތުން ނުވަތަ ނޭފަތުން ހަށިގަނޑަށް ވާސިލުވާ ކަމަޖަރާސީމަތަކުން ދިމާވާ ބައްޔަކަށްވާތީ މިދުވަސްވަރު ކޯރު ފަދަ ތަންތަނަށް އެރުން ރައްކާތެރި ނޫން ކަމަށް ކޮންސިއުލޭޓުން ބުނެއެވެ. އަދި ސްވިންމިން ޕޫލަށް އެރޭ ނަމަ ކަންފަތާއި ނޭފަތަށް ފެން ނުވަނަ ގޮތަށް އިއަބަޑްް ނުވަތަ ނޭސަލް ކްލިބް ބޭނުންކޮށްް ބަންދުކޮށްގެން އެރުމަށް ވެސް ދިވެހިންނަށް އިލްތިމާސްކޮށްފައެވެ.

"ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، ހޮޑުލެވުން
ކަނދުރާއަށް ނާރު އެރުން، ވާނުވާ ނޭނގުން އަދި ފިޓު ޖެހުން ހިމެނެ އެވެ.

މިފަދަ އެއްވެސް އަލާމަތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކަޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފައިވެ އެވެ.