Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

މާމިގިލީ ފަޅުތެރޭގައި ޕިކްނިކް އައިލޭންޑެއް ހަދަނީ

އދ. މާމިގިލި ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއް ހަދަން ނިންމާފައިވާތީ އޭގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ ރަށު ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ ރަށުގެ އުތުރުފަރާތު ފަޅުތެރޭގައި ޕިކްނިކް އައިލޭންޑެއް ހަދަން ހިއްކަން ހަމަޖެހިފައި ވަނީ ދިގުމިނުގައި 250 ފޫޓް އަދި ފުޅާ މިނުގައި 150 ފޫޓު ހުންނަ ވަރުގެ ރަށެއް ކަމަށެވެ. އަދި މި ރަށަކީ ރަށުގެ ރައްޔިތުންނަށް އަދި ޓޫރިޒަމްގެ ބޭނުން ހިފޭ ގޮތަށް ތަރައްގީކުރަން ހަމަޖެހިފައިވާ ރަށެއް ކަމަށް ވެސް ބުންޏެވެ.

އެހެންވެ އީއައިއޭ ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އިތުރު މައުލޫމާތު މި ނަމްބަރު 9997248 އިން ހޯދޭނެ އެވެ.

ޕްރޮޕޯސަލް ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.