Last Updated: September 8, 06:39
Sunday, September 8, 2024
ދުނިޔެ

ޓްރަމްޕަށް ހަމަލާ ދިން މީހާ މަރާލައިފި

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކެމްޕޭން އިވެންޓެއްގެ ތެރޭގައި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ މަރާލައިފި އެވެ.

އެމެރިކާގެ ސީކްރެޓް ސާވިިސ ބުނީ ބަޑިން ޓްރަމްޕަށް ހަމަލާދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ހަމަލާދިން ކަމަށް ތުހުމަތު ކުރެެވޭ މީހާ އަށް ސީކްރެކްޜް ސާވިސްގެ މެންބަރަކު ދިން ހަމަލާގައި މަރުވެފައިވާ ކަމަށެވެ،.

ނަމަވެސް އޭނައާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

ޕެންސިލްވީނިއާގައި އާންމު މައިދާނެއްފައި ކުރިއަށް ދިޔަ ރެލީގެ ތެރޭގައ ސްޓޭޖް މަތިގައި ޕޯޑިއަމް ކައިރީގައި ހުއްޓިވަޑައިގެން ވާހަކަ ދައްކަވަން ހުންވަނިކޮށް ދިން ހަމަލާގައި އޭނަގެ ކަނާތު ކަންފަތް ޒަހަމްވެ، މޫނުނައްޗަށް ލޭ ވެސް ލޭ ބުރައިގެން ގޮސްފައިވެ އެވެ. ހަމަލާ ދިނުމާ އެކީ ޓްރަމްޕް ބިންމައްޗަށް ވެއްޓުނުވެ. އަދި ވަގުތުން އޭނަގެ ބޮޑީގާޑުން ހަަރަކާތްތެރިރިވާން ފެށި އެވެ.

މި ހަމަލާގައި ޓްރްމަޕަށް ސރިއަސް އެއްވެސް ގެއްލުމުމެއް ނުވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ކެމްޕޭން ޓީމުން ބުންޏެވެ.

ހަމަލާގައި ވަނީ ރެލީގައި ބައިވެރިވި މީހަކު މަރުވެފައިވާ އިރު، އިތުރު ދެ މީހަކު ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ސީކްރެޓް ސާވިސް އިން ބުންޏެވެ.

ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާ މިހާރު އެފްބިއައި އިން ވަރަށް ސީރިއަސްކޮށް ތަހުގީގު ޖުރަން ފަށާފައިވާ އިރު، އެ ހަމަލާ އެމެރިކާގެ ސިޔާސީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ކުށްވެރިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޖޯ ބައިޑެންގެ އިތުރުން ނައިބު ރައީސްސް ކަމާލާ ހެރިސް ހިމެނިވަޑައިގަނެ އެވެ.

ޓްރަމްޕް އެމެރިކާވެ ރައީސްކަން ކުރެއްވީ 2016-2020 އަށް އެވެ. މި އަހަރުގެ ނޮވެމްބަރުގައި ބާއްވާ އިންތިހާބަކީ އޭނަ ރައީސް ކަމަށް ވާދަކުރައްވާ ތިން ވަނަ އިންތިހާބެވެ.