ބިދޭސީ މަސައްކަތްތެރިން ބައިތިއްބާނެ އެކޮމޮޑޭޝަން ފެސިލިޓީތައް ތަރައްގީކުރުމުގެ މަސައްކަތް މެލޭޝިއާގެ އެޓްލްޒީ ޑިޖިޓަލް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެ ކުންފުންޏަކީ ޖީ3 ގްލޯބަލް ބަރްހާދު (ޖީ3) ގެ ސަބްސިޑަރީއެކެވެ.
މިކަމާ ގުޅޭ ގޮތުން ހޯމްލޭންޑް މިނިސްޓްރީން ބުނީ މިއީ މެލޭޝިއާ ކުންފުނިން ލިބުނު އަންސޮލިސިޓަޑް ޕްރޮޕޯޒަލްއަކާ ގުޅިގެން ފަށައިގެން އުޅޭ މަސައްކަތެއް ކަމަށެވެ.
އެޓްލްޒީ ޑިޖިޓަލް ހުށަހެޅުން އިކޮނޮމިކް ކައުންސިލުގައި މަޝްވަރާކުރުމަށް ފަހު އެފަދަ އެކޮމޮޑޭޝަންތައް އެޅުން އެ ކުންފުންޏަށް އެކަނި ކުރެވޭ ގޮތަށް އެކްސްކްލޫސިވިޓީ ދޭން އެއްބަސްވެފައިވެ އެވެ. އަދި ސަރުކާރުން ވަނީ ކުންފުނީގެ ފަހުގެ ހުށަހެން ތައްޔާރުކޮށް ހުށަހަޅަން ވެސް އަންގައިފަ އެވެ.
ބިދޭސީ މަސައްކަތްތެރިން ބައިތިއްބާ އިމާރާތްތައް އެޅުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން މާލެ އާއި ހުޅުމާލޭގައި 100،000 މީހުންގެ ޖާގައިގެ އިމާރާތްތައް ތަރައްގީކުރެވިގެން ދާނެ އެވެ. އެ ފެސިލިޓީތައް ޑިޒައިން ކުރުމާއި އިމާރާތްކުރުމާއި ތަނުގައި ތިބޭ މީހުންގެ ކަންކަން ބަލަހައްޓާނެ ޑިޖިޓަލް ނިޒާމު ގާއިމުކޮށް، ހުރިހާ މަސައްކަތަކަށް ފައިސާ ހަރަދުކުރާނީ މެލޭޝިއާގެ ކުންފުނިންނެވެ.
ނަމަވެސްއެތަނުގެ ހިދުމަތްތައް ފޯރުކޮށް ދިނުމާއި ހިންގުމާއި ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް، ލިބޭ އާމްދަނީ ބަހާ ގޮތަށް، ކުރާނީ ދިވެހި ސަރުކާރުންނެވެ.
ބިދޭސީންގެ އެކޮމޮޑޭޝަން ހަދަން ބޭރުގެ ކުންފުންޏަކަށް ދިނުމާ ގުޅިގެން އެމްޑީޕީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ނުވަތަ ސަރުކާރުގެ އެސްއޯއީއެއް މެދުވެރިކޮށް ވެސް މި މަޝްރޫއު ހިންގެން އޮއްވައި، އެގޮތަށް މިކަން ނުކުރަން ސަރުކާރުން ނިންމުމަކީ ކަންބޮޑުވުމެކެވެ.
If there is any truth to the below article, it is of significant concern in terms of the mandatory requirement for Employers to use these facilities. There is no issue in a foreign party providing such services without the mandatory requirement. Athough a private local company or…
— Fayyaz Ismail (@faya_i) July 13, 2024
އޭނަ ވިދާޅުވީ މިއީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މީގެ ކުރިން ހަވާލުކޮށްފައި އޮތް މަޝްރޫއެއް ކަމަށެވެ .