Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން އަވަސްކޮށްފި

މީގެ ހަފުތާއެއް ދުވަސް ކުރިން ނިންމައިލި 36 ވަނަ ގައުމީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު އަވަސްކޮށްފި އެވެ.

ކުރިން 18 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމި ރަސްމިއްޔާތު މިހާރު ބާއްވަން ނިންމާފައި ވަނީ އަންގާރަ ދުވަހުގެ ރޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ނަމަވެސް އަވަސްކުރި ވަކި ސަބަބެއް މިނިސްޓްރީން ހާމައެއް ނުުކުރެ އެވެ.

މިދިޔަ މަހުގެ 30 އިން މި މަހުގެ 7 އަށް ކިޔެވުން ކުރިއަށް ގެންދިޔަ ގައުމީ ޤުރުއާން މުބާރާތުގައި 992 ބައިވެރީން
ކިޔެވި އެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީން 579 ބައިވެރީންނާއި ނުބަލައި ކިޔެވުމުގެ ގޮފީން 413 ބައިވެރީންނެވެ.

އިސްލާމިކް މިނިސްޓްރން ބުނީ މި މި އަހަރުގެ މުބާރާތުގެ ވަނަވަނަ އަށް އަންނަ ފަރާތްތަކަށް ދޭ ޓްރޮފީތަށިތައް ދިވެހިވަންތަ ފަރުމާތަކަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ގައުމީ ޤުރުއާން މުބާރާތް ބާއްވަމުން އަންނަނީ 1981 އިން ފެށިގެންނެވެ.