Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

އިލްމުވެރިންގެ މަހާސިންތާ ބޭއްވުން ވަރަށް މުހިއްމު

ދީނީ ޢިލްމުވެރިންގެ އަހަރީ މަހާސިންތާ ރާއްޖޭގައި ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު މުހިންމު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައި ފަހުން އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ މަހާސިންތާގެ އަމާޒަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަށްޓަކައި، ޤައުމީ ތަޞައްވަރަކާ މެދު މަޝްވަރާކުރުން ކަމަށެވެ. ޝަހީމު ވިދާޅުވީ އަމާޒަކީ މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް އިލްމުވެރިންގެ މަހާސިންތާ ބޭއްވުން ކަމަށެވެ.

އެ މަހާސިންތާ އޮންނާނީ އަންނަ މަހުގެ 24ވަނަ ދުވަހި އެވެ. އޭގައި ބައިވެރިވާން ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންނަށް މިހާރު އޮތީ ފުރުސަތު ވެސް ހުުވާލައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަތޮޅު ތެރޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށް އޮންލައިންކޮށް މަހާސިންތާގައި ބައިވެރިވެވޭނެ ކަމަށެވެ.