ޓްރާންސްޕޯޓު މިނިސްޓްރީގެ ނައިބެއްގެ މަގާމުގައި ހުންނެވި ހަސަން ޒިހާން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.
މަސްއޫލިއްޔަތުތަކުން އެކަހެރކުރިކަން އޭނަ ބައެއް މީޑިއާތަކަށް ކަށަވަރުކޮށް ދެއްވި ނަމަވެސް ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ޒިހާން މަސައްކަތްތަކުން އެކަހެރިވެވަޑައިގެންނެވީ އަމިއްލައަށެވެ.
ފުވައްމުލަކަށް ނިސްބަތްވާ ޒިހާން އަކީ އޭނަ ދައްކަވާފައިވާ ބައެއް ވާހަކަތަކަކާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ބޭފުޅެކެ ވެ.
އެގޮތުން އެމްޑީޕީގެ ފިކުރު ނައްތާލަން ޖެހޭ ކަމަށް ވިދާޅުވުމާއި އައިވީއެފް ހިދުމަތް ހޯދުން ރާއްޖޭގައި އިތުރުވަނީ ބަރަހަނާ މަންޒަރު ބެލުން އިތުރުވުމުގެ ސަބަބުން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ގިނަ ބަޔަކު ފާޑު ކިޔާފައިވެ އެވެ.