Last Updated: September 8, 03:07
Sunday, September 8, 2024
ޚަބަރު

ވިޔަފާރިތަކަށް ކުޅުދުއްފުށީން މާލީ އެހީ ދެނީ

"މަސައްކަތްތެރިންނާއި ކުދިވިޔަފާރިތަކުގެ ފައިނޭންސިން ސްކީމް" ގެ ނަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ މާލީ އެހީތެރިކަން ސްކީމެއް ތައާރަފުކޮށް، ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެ ކައުންސިލުން ބުނީ މީގެ ބޭނުމަކީ ކުޅުދުއްފުށީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށާއި އަދި ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެ ދިނުން ކަމަށެވެ.

ސްކީމް ތައާރަފުކޮށްފައި މި ވަނީ އެ ކައުންސިލަށް 3 އަހަރު ފުރުމާ ދިމާކޮށެވެ.

ކައުންސިލުން ބުނީ ސްކީމްގެ ދަށިން ގިނަވެގެން ގިނަވެގެން 100،000ރ. ދޫކުރާނެ ކަމަށެވެ. ސްކީމްގެ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ދޭނީ 6 މަސް ކަމަށާއި އެ މުއްދަތު ގުނަން ފަށާނީ އެގްރިމެންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން ކަމަށް ކައުންސިލުން ބުންޏެވެ. އަދި މިސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފައިސ،ާ ގްރޭސް ޕީރިއަޑް ނިމޭ ދުވަހުން ފެށިގެން ތިން އަހަރު މުއްދަތައް ބަހާލައިގެން އަނބުރާ ދައްކަން ޖެހޭނެ އެވެ.

އެގްރިމަންޓްގައި ސޮއިކުރާތާ ގިނަވެގެން 15 ދުވަސް ތެރޭގައި ފައިސާ ދޫކުރާ ވެސް ހަމަޖެހިފައިވެ އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ ސްކީމްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ 15 ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ސްކީމާ ގުޅޭ ގޮތުން މަޢުލޫމާތު ދޭން ސެޝަންތަކެއް ބާއްވަން ހަމަޖެހިފައުވެ އެވެ. އެވެ. އެގޮތުން އަންހެން ވިޔަފާރިވެރިންނަށްް ބާއްވާ ސެޝަން މި މަހުގެ 21 އަދި ފިރިހެން ވިޔަފާރިވެރިންނަށް ބާއްވާ ސެޝަން މި މަހުގެ 22 ގައި އޮންނާނެ އެވެ.