Last Updated: November 28, 10:42
Thursday, November 28, 2024
މުނިފޫހިފިލުވުން

ޝެނެން ކެންސަރު ބަލީގައި މަރުވެއްޖެ

"ބެވަލީ ހިލްސް 90210" އާއި "ޗާމްޑް" ފަދަ މަގުބޫލު އުފެއްދުންތަކުގައި މަސައްކަތްކޮށްފައިވާ ހޮލީވުޑްގެ ބަތަލާ ޝެނެން ޑޮހާޓީ އުރަމަތީގެ ކެންސަރު ބަލީގައި މަރުވެއްޖެ އެވެ.

އެމެރިކާގެ ޓެނެސީ އަށް އުފަން ބަތަލާ އިއްޔެ މަރުވި އިރު، އުމުރަކީ 53 އެވެ. ޝެނެން އަށް އުރަމަތީގެ ކެންސަރު ޖެހިގެން ފަރުވާ ހޯދަމުން އަންނަނީ 2015 އިން ފެށިގެންނެވެ.

ވަރަށް ގިނަ އަދަދެއްގެ ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގެ އިތުރުން ވެބް ސީރީޒްތަކެއްގައި ވެސް ޝެނެން މަސައްކަތްކޮށްފައިވެ އެވެ. ތިން ކައިވެންޏެއް ކުރި، އެކަމަކި ދަރިޔަކި ނެތް ބަތަލާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ފޯޓްރެސް"، "ގާލްސް ޖަސްޓް ވޯންޓެޑް ޓު ހޭވް ފަން"، "ހޮޓް ސީޓް" އަދި "ހީދާސް" ހިމެނެ އެވެ.

ޝެނެންގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މެއިގައި ގެނެސްދިން "ޑާކްނެސް އޮފް މޭން" އެވެ.