Last Updated: October 18, 11:00
Friday, October 18, 2024
ކުޅިވަރު

ޔޫރޯގެ މޮޅު ކުޅުންތެރިއާގެ މަގާމު ރޮޑްރީ އަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ ހޯދައިފި އެވެ.

އިންގްލެންޑް 2-1 އިން ބަލިކުރުމަށްފަހު ސްޕެއިނުން ޔޫރޯގެ ޗެމްޕިއަންކަން ހޯދިއިރު، މި މުބާރާތުގައި ސްޕެއިންގެ މެދުތެރޭގައި ރޮޑްރީ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދީ ސްޕެއިންގެ އުމުރުން 17 އަހަރުގެ ޔަމީން ޔަމާލް އެވެ. ޔަމާލް ވަނީ މި މުބާރާތުގައި ޖުމްލަ ހަތަރު އެސިސްޓް ކޮށް އެއް ގޯލު ޖަހާފަ އެވެ. ފައިނަލް މެޗުގައި ސްޕެއިނުން ޖެހި ފުރަތަމަ ގޯލަކީ ވެސް ޔަމާލް ދިން ޕާހަކުން ކާމިޔާބު ކުރި ގޯލެކެވެ.

ސްޕެއިނުން ޔޫރޯ ކާމިޔާބުކޮށްފައިވަނީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެންކަން ފާހަގަކޮށްލެވެ އެވެ.

މިއީ ޔޫރޯގެ ޗެމްޕިއަންކަން ސްޕެއިން ހޯދި ހަތަރުވަނަ ފަހަރެވެ. އެޓީމަކީ މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމެވެ.