އިމާމުވެ ހުކުރު ނަމާދު ކުރާނެ ޚަތީނުން ތަމްރީނު ކުރުމަށް އިސްލާމިކް މިނިސްޓްރީން ފަށާފައި އޮތް ޕްރޮގްރާމްގެ ދެވަނަ ބެޗަށް ހުޅުވައިލުމުން 200 ވުރެ ޒުވާނުން ކުރިމަތިލައިފި އެވެ.
މިނިސްޓްރީން ޖުމްލަ 206 ފޯމް ހުށަހަޅާފައިވާ ކަމަށާއި ހުށަހެޅި ޒުވާނުންނާ އިންޓަވިއު ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ މި މަހުގެ ތެރޭގައި އިންްޓަވިއު ނިންމާލައި، ޓްރެއިނިން ޕްރޮގްރާމް ވެސް މި މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
ޚަތީބުން ތަމްރީނު ކުރުމަށް މި އަހަރުގެ ކުރީކޮޅު ހިންގި ފުރަތަމަ ބެޗަށް 160 ޒުވާނަކު ކުރިމަތިލި އެވެ. އަދި ތަމްރީނު ޕްރޮގްރާމް ފެށީ 77 ބައިވެރިންނާ އެކީގަ އެބެ. އަދި ޚަތީބުލަމުގެ ހުއްދަ 57 ޒުވާނަކަށް ދިނީ މާޗް މަހުގެ ކުރީކޮޅު އެވެ. އެ ޒުވާނުން މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރަމުންނެވެ.
ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށި އިރު، މިކަން ހާއްސަކުރީ އޯ ލެވެލް ނުވަތަ އޭ ލެވެލް ނިންމާފައިވާ އަދި މިހާރު ވެސް އެ ގްރޭޑްތަކުގައި ކިޔަވާ ޒުވާނުންނަށެވެ. ނަމަވެސް ޚަތީބުންގެ ޕްރޮގްރާމްގައި ބައިވެރިވެވޭ އުމުރުފުރާ މިހާރު އޮތީ 12 އަހަރަށް ދަކޮށްފަ އެވެ.