Last Updated: October 18, 11:00
Friday, October 18, 2024
ދުނިޔެ

ރޭޕްކުރި 4 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ރޭޕާ ދެކޮޅަށް ބޭއްވި ހަރަކާތެއްގައި ކުޑަކުއްޖަކު.

އިންޑިއާގައި ރޭޕްކުރި 4 އަހަރުގެ އަންހެން ކުއްޖަކަށް ފަރުވާ ދެނިކޮށް މިއަދު މަރުވެއްޖެ އެވެ.

އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުއްޖާ ރޭޕްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. އެ ކުއްޖާ ރޭޕްކޮށްފައި އާއިލާއާ އެކީ އުއްތަރު ޕްރަދޭޝްގެ ފާރޫގްއާބާދުގައި އޮތް ކައިވެނި ހަފުލާއަކަށް ގޮސް އުޅުމުގެ ތެރޭގަ އެެވެ. އެ ހަފުލާގެ ތެރޭގައި އާއިލާ އަށް ކުއްޖާ ގެއްލި، ވީނުވީ ގޮތެއް ނޭނގި ހޯދަމުން ދަނިކޮށް، ފެނުނީ ކައިވެނި ހަފުލާ ތަނާ މާ ދުރު ނޫން އެކަހެރި ހިސާބެއްގައި ހޭނެތިފައި އޮއްވަ އެވެ.

އަދި ވަގުތުން ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. ކުއްޖާ މަރުވީ ރޭޕްކުރިމާ ގުޅިގެން ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މި ހާދިސާ މިހާރު ފުުހުން ތަހުގީގު ކުރަން ފަށާފައިވާ އިރު، ތުހުމަތުގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ކައިވެނި ހަފުލާ އޮތް ތަނުގެ ސީސީޓީވީ ފުޓޭޖްތަކުން ކާކުކަން ނޭނގޭ މީހަކާ އެކީ ކުއްޖާ ދާ ތަން ފެންނަ ކަމަށް ފުލުހުން ބުންޏެވެ.

އާއިލާ އިން ބުނީ ކުއްޖާ ފެނުނު އިރު، ކަރުގައި އޮތް ރަން ފަށާއި އަތުގައި އަޅާފައިވާ ރަން އުޅާތައް ވެސް ނެތް ކަމަށެވެ

އިންޑިއާ އަކީ ރޭޕް ހާދިސާތައް ވަރަށް ގިނަ ގައުމެކެވެ. އަދި ކުޑަކުދިން ރޭޕްކުރުމުގެ މައްސަލަތައް ވަރަށް ބޮޑު ގައުމެކެވެ.